Search

އުމުރު 16: ބަދަލު ކުޅުންތެރިންއެއްގެ ގޮތުގައި އަރައި ހެ ހޯދީ ރަންބޫޓު

417757_3_0aaf1cd0ff382a7afda19e1e98e0a3791211ebf0_large

މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް  މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ.

އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގު ކުރިއަށްދާނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން އޮންލައިންކޮށެވެ. އެއީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސްއެވެ.

މި ލީގުގައި ރަޖިސްޓްރީވާން މިހާރު ހުޅުވާލާފައިވާއިރު އަންނަ މަހުގެ 4 އާ ހަމައަށް އެ ފުރުސަތު ލިބޭނެއެވެ.

މި މުބާރާތުގައި 50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން، ޗެމްޕިއަނުންނަށް 25،000 ރުފިޔާ، 2 ވަނައަށް 12،000 ރުފިޔާ 3 ވަނައަށް 6،000 ރުފިޔާ 4 ވަނައަށް 3000 ރުފިޔާ އަދިއެމްވީޕީ އަށް 4،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

އުރީދޫން ބުނި ގޮތުގަައި މި މުބާރާތުގައި ބައިވެރިވެވޭނީ މަދުވެގެން 6 ކުޅުންތެރިންގެ ޓީމަކަށެވެ. އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބިނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެ ކަމަށާއި ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމްތައް ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށް އުރީދޫން ބުނެއެވެ